MD Shareef and Team meets with M. Dhiggaru Council
October 24, 2016
Employment awarded to 100 individuals with disability
December 25, 2016

ފެނަކައިން “ހަބޭސް 3 ” ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓާއި ދ.ކުޑަހުވަދޫ ގައި ކުޑަކުދިން ގެ ހަވީރެއް ބާއްވައިފި


ފެނަކައިން “ހަބޭސް 3 ” ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓާއި ދ.ކުޑަހުވަދޫ ގައި ކުޑަކުދިން ގެ ހަވީރެއް ބާއްވައިފި

ސަރުކާރަށް 3 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން  ހދ. ކުޅުދުއްފުއްޓާއި ދ.ކުޑަހުވަދޫ ގައި ކުޑަކުދިން ގެ ހަވީރެއް ބާއްވައިފިއެވެ. ކުޅުދުއްފުށީގައި ބޭއްވި ކުޑަކުދިން ގެ ހަވީރު އިންތިޒާމް ކޮށްފައިވަނީ ހދ.ކުޅުދުއްފުށީގައި ހުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރީޖަނަލް އޮފީހުގެ ފަރާތުންނެވެ. މި ހަރަކާތް ބާއްވާފައި ވަނީ އެރަށު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހާދާފައިވާ ފިނި މައިޒާނުގައެވެ. ބޮޑުބެރު ޝޯ އަކާއި އެކު ބޭއްވި މި ހަރަކާތުގައި 11 ސްޓޯލް ހިމަނާފައިވެއެވެ. ކުޑަހުވަދޫ ގައި ބޭއްވި ކުޑަކުދިންގެ ހަވީރު އިންތިޒާމްކުރީ ކުޑަހުވަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރީޖަނަލް އޮފީހުގެ ފަރާތުންނެވެ. މި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ 6 ސްޓޯލް ހިމަނައިގެން  އެރަށު ޕްރީސްކޫލްގައެވެ. ގޯނިރޭހާއި މަގުހޯދުމާއި ކުލަ ޖެއްސުމާއި ދަނޑިރޭހާއި މަސްބޭނުމާއި ދަޅުވެއްޓުމާއި ސްޕޮންޖު އުކުންފަދަ އެތަށް ކުޅިވަރަކާއި އެކު ކުރިއަށްގެންދިޔަ މި ދެ ހަރަކާތުގައިވެސް ވަނީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޙާސިލް ކޯށްފައިވާ ކާމިޔާބީތަށް ފާހަގަކުރުމުގެ ގޮތުން ކޭކެއްވެސް ފަޅާފައެވެ.

Date Posted : December 1, 2016

Leave a Reply

Your email address will not be published. Required fields are marked *