ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމަށް ގ.ވަށަފަރު އިޤްބާލް އާދަމް ހަމަޖައްސަވައިފި
October 20, 2016
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް މ. އަތޮޅު ދިއްގަރު ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފި
October 24, 2016

ހ.އ ދިއްދޫއަށާއި ނ. ކެނދިކުޅުދޫ އަށް ކޭބަލް ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހ.އ ދިއްދޫ އާއި ނ. ކެނދިކުޅުދޫގައި ދެމުންދާ ކަރަންޓުގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ 02 ރަށަށް ބޭނުންވާ ކަރަންޓު ކޭބަލް ގެނައުމުގެ 02 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގައި މެންދުރުފަހު  ބޭއްވި މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ. މަސައްކަތާއި ހަވާލުވި ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ  އެލެކްޓްރޯ މެޓަލް ޕްރެސިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ  ޗެއަރމަން މރ. ޗަންދުރަނަންދަނަން ދިޔުނުގެ އެވެ. މިއީ ހ.އ ދިއްދޫގައި 2300 މީޓަރުގެ އެޗް. ވީ ނެޓްވޯކެއް ޤާއިމްކުރުމަށް ޓްރާންސް ފޯމަރ ބަހައްޓައި އަލަށް އިމާރާތް ކުރެވުނު 250 ހައުސިން ޔުނިޓަށް ކަރަންޓު ދިނުމަށާއި ދިއްދޫ ކަރަންޓުގެ ވޯލްޓޭޖް ދަށް ސަރަހައްދުތަކުގައި ޓްރާންސް ފޯމަރ ބަހައްޓާ އެލް. ވީ ނެޓް ވޯކް އަޕްގްރޭޑް  ކުރުމަށް ބޭނުންވާ ކޭބަލް ގަނެ ފޯރުކޮށްދިނުމުގެ މަސައްކަތާއި ނ. ކެނދިކުޅުދޫ ގައި އަޕްގްރޭޑްކުރާ އެލް.ވީ ނެޓްވޯކަށް ބޭނުންވާ ސަޕްލައި  ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ. މި 02 އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމް.ޑީ އަހްމަދު ޝަރީފް ވިދާޅުވެފައިވަނީ ހއ. ދިއްދޫގައި ތާރު އަޅާ މަގުތަށް ހަދާފަހުން ނެޓްވޯކްގެ މަސައްކަތް ކުރަންވެއްޖެނަމަ އިތުރު ތަކުލީފެއް އުފުލަންޖެހޭނެކަމަށާއި  މަގުހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ނިންމާލުމަކީ ވަރަށް ބޮޑުއިސްކަމެއްދީގެން ކުރަމުން ގެންދާ މަސައްކަތެއްކަމަށެވެ. ހ.އ ދިއްދޫއަށް ބޭނުންވާ ކޭބަލް ގަނެ ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން 4,299,111.42  ދިވެހި ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި  ނ. ކެނދިކުޅުދޫ  ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބޭނުންވާ ކޭބަލް ގަނެ ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވަނީ 2,770,835.22 ދިވެހި ރުފިޔާއެވެ. މި 02 މަސައްކަތްވެސް ފުރިހަމަކުރުމަށް ދީފައިވަނީ 01 މަސްދުވަހުގެ މުއްދަތެކެވެ. މި  ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ދިއްދޫ ދާއިރާގެ ރައްޔިިިތުން މަޖިލީހުގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު  ވަނީ އަދުގެ ސަރުކާރުން ދިއްދޫގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކާއި މުޅި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމަށް ޝުކުރު ދަންނަވާފައެވެ.

Date Posted : October 23, 2016

Leave a Reply

Your email address will not be published. Required fields are marked *