[vc_row][vc_column][rev_slider_vc alias=”sewerage-slider”][/vc_column][/vc_row][vc_row][vc_column][vc_custom_heading text=”ނަރުދަމާގެ ޚިދުމަތް ” font_container=”tag:h2|text_align:right” use_theme_fonts=”yes”][vc_column_text el_class=”body-text”]ނަރުދަމާ ނިޒާމްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ 22 ރަށެއްގައެވެ. ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދެމުންދަނީ ވެކިއުމް އަދި ގްރެވިޓީ ސިސްޓަމް ބޭނުންކޮށްގެންނެވެ. މިދާއިރާ އިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:

  • އަލަށް ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚިދުމަތް ގުޅައިދިނުން
  • ކަނެކްޝަން ބަދަލުކޮށްދިނުން
  • ދާއިމީކޮށް ޚިދުމަތް މެދުކަނޑާލުމަށް އެދޭ ފަރާތްތަކަށް ޚިދުމަތް ކަނޑާލަދިނުން
  • ޑީވޯޓަރިންގ
  • އޮއިލް ޓްރެޕް އިންސްފެކްޝަން

ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނިން މިހާތަނަށް ޙާޞިލް ކުރެވިފައިވާ ލަނޑުދަނޑިތައް:

    • އައްޑޫ ސިޓީގައި 2010 ވަނަ އަހަރު ސަދަން ޔޫޓިލިޓީސް ލިމިޓެޑާއި އިނގިރޭސިވިލާތުގެ ބައިވޯޓަރ އިންޓަނޭޝަނަލް އާއި ދެމެދު އައްޑޫ ސިޓީގެ ރަށްތަކަށް (ގަން، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދޫ މީދޫ) އަދި ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށްދިނުމަށް 42 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކުރެވިފައިވެއެވެ. މިއެއްބަސްވުން ބުނާ ގޮތުން ދިވެހި ސަރުކާރުން 15 މިލިއަން ޑޮލަރު އަދި އިނގިރޭސިވިލާތުގެ ބައިވޯޓަރ ކުންފުނިން 27 މިލިއަން ޑޮލަރު މިޕްރޮޖެކްޓަށް ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
    • މި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ހަރަދުކުރަންޖެހޭ 15 މިލިއަން ޑޮލަރު ވަނީ ހަރަދުކުރެވިފައެވެ. ނަމަވެސް، ބައިވޯޓަރގެ ފަރާތުން އިންވެސްޓްކުރުމަށް ހަމަޖެހިފައިވާ 27 މިލިއަން ޑޮލަރު އެފާރަތަށް އިންވެސްޓްކުރެވެން ނެތުމުން ޖެނުއަރީ 2012 ގައި ވަނީ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލުތަކެއް ގެނެވި އެބަދަލުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް އެއްބަސްވެވިފައެވެ. ޕްރޮޖެކްޓް ސްކޯޕަށް ގެނުވުނު ބަދަލަކީ ފުވައްމުލަކު ގެ ފެނާއި ނަރުދަމާ ކޮންޓްރެޓް އިން އުނިކުރުމާއި އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގެ ތެރެއިން ހިތަދޫ ފިޔަވައި (ގަން، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، އަދި ހުޅުދޫ މީދޫ) ނަރުދަމާ ކޮންޓްރެކްޓުން އުނިކުރުމެވެ.
    • ޖެނުއަރީ 2012 ވަނަ އަހަރުގެ ނިޔަލަށް ބައި ވޯޓާރއިން ހިތަދޫގެ މެދު ސަރައްހަދުގައި ވެކިއުމް ނަރުދަމާ ނިޒާމުގެ މަސައްކަތް ވަނީ ކުރަންފަށާފައެވެ. މިގޮތުން ހިތަދޫގެ މެދު ސަރައްހަދުގައި ވެކިއުމް ނަރުދަމާ ނިޒާމުގެ އިންޓަރފޭސް ޔުނިޓްތަކާއި ވެކިއުމް މައިލޭންއާއި 250 ގޭގެއަށް ހޮޅި ގުޅައި ޖަންކްޝަން ވަނީ ބެހެއްޓިފައެވެ. ނަމަވެސް ހިތަދޫގެ މެދު ސަރަހައްދުގައި ބައި ވޯޓަރ ކުންފުނިން ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ވެކިއުމް ސްޓޭޝަން، ވެކިއުމް ސްޓޭޝަން ބެހެއްޓުމަށް ބޭނުންވާ އިމާރާތް، ނަޖިސް މޫދަށް ބޭރުކުރުމަށް ބޭނުން ކުރާ ޕަމްޕު ސްޓޭޝަންއާއި މޫދަށް ބޭރުކުރާ ހޮޅި، ހިތަދޫގެ މެދު ސަރަހައްދުގެ ދިރިއުޅޭ 1600 ގެތަކަށް ގުޅަންޖެހޭ ޖަންކްޝަންތައް ގުޅުމުގެ މަސައްކަތް އަދި ވަނީ ނުނިމިކަން ފާހަގަކުރަމެވެ.
    • މިކުންފުނީގެ ފަރާތުން ހިތަދޫގެ މެދު ސަރަހައްދުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމްގެ ނުނިމި ހުރި މަސައްކަތް ނިންމުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި އެކު ވަނީ 12 މިލިއަން ރުފިޔާގެ އެއްބަސްމެއްގައި ސޮއިކުރެވިފައެވެ. އެއްބަސްވުމުގެ ދަށުން ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާ ނިޒާމް ނިންމުމަށް ބޭނުންވާ ވެކިއުމް ސްޓޭޝަން އަދި އެހެނިހެން ސާމާނު މިހާރުވަނީ ހިތަދޫ މެދު ސަރަހައްދަށް ގެންދެވިފައެވެ. މީގެ އިތުރުން ވެކިއުމް ސްޓޭޝަން ބެހެއްޓުމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން ވެކިއުމް ސްޓޭށަން 1 އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ، އަދި ވެކިއުމް ސްޓޭށަން 2 ގެ މަސައްކަތް ކުރާނެ ފަރާތެށް ވަރަށްއަވަހަށް ހޯދާ މަސައްކަތް ފެށޭނެއެވެ. އަދި ގޭގެ އަށް ޖަންކްޝަން ގުޅުމުގެ މަސައްކަތާއި ނަޖިސް މޫދަށް ބޭރު ކުރާ ޕަމްޕް ސްޓޭޝަންއާއި ހޮޅީގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތަށް މިހާރުދަނީ ކުރަމުންނެވެ.
    • ނ.މަނަދޫ ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމްގެ ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ޓޭންކް ތަކާއި އަލަށް ޤާއިމް ކުރުމަށް ހަމަޖެހިފައިވާ މޫދަށް ނަޖިސް ބޭރު ކުރާ ހޮޅީގެ މަރާމާތުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓްގެ ޓޭންކް ތަކާއި އަދި ޕަންޕްސްޓޭށަންތަށް މިހާރުވަނީ ބޭނުންކުރަންފަށާފައެވެ. ނ. މަނަދޫގެ ނަރުދަމާ ނިޒާމްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިކުންފުނީގެ ފަރާތުން މި ޕްރޮޖެކްޓަށް 2.4 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާކަން ފާހަގަކުރަމެވެ.

މިކުންފުނީގެ ފަރާތުން ނަރަދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ވާދަވެރި ބީލަން ތަކެއްގައި ވަނީ ބައިވެރިވެފައެވެ. މިގޮތުން ލ. މާމެންދޫ، ތ. މަޑިފުށި އަދި ތ. ބުރުނީގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށްޓަކައި ހުށަހެޅި ޕްރޮޕޯސަލްވަނީ ކާމިޔާބު ކުރެވި މިކުންފުންޏާއި މިނިސްޓްރީ އޮފް އެންވައަރަމެންޓް އެންޑް އެނަރޖީ އާއި ދެމެދު އެއްބަސްވުން ޤާއިމްކުރެވިފައވެ. އަދި މީގެ ތެރެއިން، ދެ ރަށުގެ މަސައްކަތް ފެށުމައްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިމި، މިދެރަށަށް ބޭނުންވާ ސާމާނުގެ %75 ވަނީ ރަށަށް ގެންދެވި ޢަމަލީ މަސައްކަތް ފެށިފައެވެ.[/vc_column_text][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]