[vc_row][vc_column][rev_slider_vc alias=”electricity-slider”][/vc_column][/vc_row][vc_row][vc_column][vc_custom_heading text=”ކަރަންޓުގެ ޚިދުމަތް” font_container=”tag:h2|text_align:right” use_theme_fonts=”yes”][vc_column_text el_class=”body-text”]151 ރަށުގައި ކުންފުނިން ދަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިގޮތުން، ކޮންމެ ރަށެއްގައިވެސް ކަރަންޓް އުފެއްދުމަށް ޑީސެލް ޖަނަރޭޓަރ އިންސްޓޯލްކުރެވި، ޑިސްޓްރިބިއުޝަން ނެޓްވޯރކް ވަނީ ޤާއިމްކުރެވިފައެވެ. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން ތިރީގައިވާ ޚިދުމަތައްވެސް ކުންފުނިން ފޯރުކޮށްދެއެވެ.

  • ސިންގަލް ފޭސް އަދި ތްރީ ފޭސް ކަރަންޓު ގުޅައިދިނުން
  • ވަޔަރ ޓެސްޓްކުރުން
  • މީޓަރ ބޯޑު ބަދަލުކޮށްދިނުން
  • ޚިދުމަތް ކަނޑާލެވިފައިވާ ކޭބަލަށް ޚިދުމަތް ގުޅައިދިނުން

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުންފުނިން ޢަމަލު ކުރަމުންދަނީ 2014 ވަނަ އަހަރު މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ފާސްކޮށްފައިވާ “ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދު” އާއި އެއްގޮތަށެވެ.

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުންފުނިން ބިލްކުރެވެމުންދަނީ 26 އޮކްޓޯބަރ 2009 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބިލްކުރުމަށް މޯލްޑިވްސް އެނާރޖީ އޮތޯރިޓީ އިން ފާސްކޮށްފައިވާ ރޭޓްތަކަށެވެ.

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނިން މިހާތަނަށް ޙާޞިލް ކުރެވިފައިވާ ލަނޑުދަނޑިތައް:

    • ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްރަށުގެ އިންޖީނު ތަކުގެ ޙާލަތު ރަގަނޅުކުރުމުގެ ގޮތުން މި ކުންފުނި އުފެއްދިފަހުން 10 މެއި 2015 ގެ ނިޔަލަށް މިކުންފުނިން ޚިދުމަތް ފޯރުކޮށްދޭ އެކިއެކި ރަށްރަށަށް އެކު ޖުމްލަ 127 ޖަނަރޭޓަރސެޓް ( ބްރޭންޑް ނިއު ) ފޮނުވައި އިންސްޓޯލް ކުރުމަށްފަހު އޭގެން ޚިދުމަތް ފޯރުކޮށްދޭން ވަނީ ފެށިފައެވެ.
    • ސަރުކާރުގެ މެނިފެސްޓޯ ތަންފީޛު ކުރުމުގެ ގޮތުން 24 ގަޑިއިރު ކަރަންޓު ޔަޤީންކަމާއި އެކު ފޯރުކޮށްދިނުމަށްޓަކައި މަތީގައި ދެންނެވިފައިވާ ޖަނަރޭޓަރތަކުގެ ތެރޭގައި 77 ޖަނަރޭޓަރ ހިމެނެއެވެ. އަދި. ހަމައެއާއި އެކު ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަން ފޮއްޓާއި 13 ރަށަކަށް ބޭނުންވާ ކޭބަލް ވަނީ އެ ރަށްތަކަށް ފޮނުވިފައެވެ. މިއީ މިހާތަނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެއްފަހަރާ އެންމެ ގިނަ ޖަނަރޭޓަރާއި ކޭބަލް ގެނެވުނު ފުރަތަމަ ފަހަރެވެ.
    • ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން މިކުންފުނިން ހޯދުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ ގިނަ ޢަދަދެއްގެ އިންޖީނުގެތަކެއްވަނީ 10 މެއި 2015 ގެ ނިޔަލަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ކުންފުންޏާއި ހަވާލުކުރެވިފައެވެ.
    • މި ކުންފުނީގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުންނަކީ ޒުވާނުންކަމަށްވެފައި ކުންފުނީގެ ފަރާތުން ޒުވާނުންނަށް އެކި ފަންނުގައި ކުރިއަށްދިއުމަށްޓަކައި ވަނީ ފުރުސަތުތަކެއް ހުޅުވާލެވިފައެވެ. މިގޮތުގެމަތިން ކުރިއަށް އޮތް ފަސްއަހަރު ފަންނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށްޓަކައި ރާއްޖެ އާއި ރާއްޖެއިން ބޭރުން މުވައްޒަފުންނަށް ފުރުސަތު ހުޅުވާލެވިފައެވެ. އަދި، ކުންފުނީގެ އަމާޒަކީ ޚިދުމަތް ފޯރުކޮށްދެމުންދާ ކޮންމެ އަތޮޅެއްގައިވެސް ފަންނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށްފައި ތިބި ޒުވާނުން މިދާއިރާ އަށް ނެރުމެވެ. މިކުންފުނީގެ މެނޭޖްމަންޓް ޓީމަކީ ބޭރުގެ އެކިއެކި ޔުނިވާސިޓީތަކުން މަތީ ތަޢުލީމް ޙާޞިލްކޮށްފައި ތިބި ޒުވާން ޤާބިލް މެނޭޖްމަންޓް ޓީމެކެވެ.
    • މި ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގަމުންގެންދާ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ކުންފުނީގެ ފަރާތުންދަނީ ވިޔަފާރި ތަކުގައި އިންވެސްޓް ކުރަމުންނެވެ. މިގޮތުން، ސަރުކާރުން ހިންގާ އެކިއެކި ޕްރޮޖެކްޓުތަކުގެ ވާދަވެރި ބީލަން ތަކުގައި ބައިވެރިވެ ބައެއް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ވަނީ މި ކުންފުންޏަށް އެވޯޑްކުރެވިފައެވެ. މިގޮތުން ތ. ބުރުނި، ތ. މަޑިފުށި، ލ. މާމެންދޫގެ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރުމަށް 11 އޯގަސްޓް 2014 ގައި މިނިސްޓްރީ އޮފް އެނާރޖީ އާއި މިކުންފުންޏާއި ދެމެދު ވަނީ އެއްބަސްވުން ޤާއިމްކުރެވިފައެވެ.
    • ހދ. ހަނިމާދޫގައި އަލަށް އާބާދުވި ހއ. ހަތިފުށި ރައްޔިތުންގެ ގެތަކަށް ބޭނުންވާ ކަރަންޓު ލުމާއި އެސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ މިކުންފުންޏާ ހަވާލުކުރެވި އަދި އެމަސައްކަތްވަނީ ފުރިހަމަ ކުރެވިފައެވެ. މިމަސައްކަތަކީ މިކުންފުންޏާއި މިނިސްޓްރީ އޮފް ހައުސިންގ އެނޑް އިންފަރާސްޓްރަކްޗަރ އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.
    • ދ.ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓާއި ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން ދަނީ ކުރެވެމުންނެވެ. މިގޮތުން، ދ.ކުޑަހުވަދޫގައި ނަރުދަމާ ނިޒާމާއި ގެތައް ގުޅާލެވި، މިހާރު ކުރެވެމުންދަނީ ސެޕްޓިކް ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތެވެ. އަދި، އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓު ގުޅައިދެވި މީޓަރތައް ގުޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
    • ނ.މަނަދޫގައި އަލަށް އާބާދުވާ ސަރަހައްދަށް ބޭނުންވާ ކަރަންޓާއި ނަރުދަމާގެ ޕްރޮޖެކްޓް ވަނީ މިކުންފުންޏާއި ހަވާލުވެ މަސައްކަތް ފުރިހަމަކުރެވިފައެވެ.
    • ކަރަންޓާއި ފެނުގެ ތަފާތު އެކި ބާވަތްބާވަތުގެ މުދާ ހެޔޮ އަގުގައި ކުންފުނީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެބައެއްގެ ރަށުގައި ނުވަތަ އެއަތޮޅެއްގެ ތެރެއިން ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މިކުންފުނީގެ ސޭލްސް އައުޓްލެޓްތަކެއް ބައެއް ސަރަހައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، އައްޑޫ ސިޓީގައި ފެނަކަ ސޭލްސް ސެންޓަރެއްގެ ނަމުގައި ފިހާރައެއް ވަނީ ނޮވެމްބަރ 2014 ގައި ހުޅުވާފައެވެ.
    • މިކުންފުނީގެ ފަރާތުން ޚިދުމަތް ފޯރުކޮށްދެމެންންދާ ގިނަ ރަށްރަށުގައި ޖަނަރޭޓަރ ކެޕޭސިޓީ އިތުރުކުރި ކަމުގައިވިޔަސް ކަރަންޓު ފޯރުކޮށްދިނުމުގައި ޑިސްޓްރިބިއުޝަން ނެޓްވާކް ތަކަށް ދިމާވެފައިވާ މައްސަލަ ތަކާއި ގުޅިގެން އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިކަން ޙައްލުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކް އެންމެ ބޮޑަށް ބަދަލުކުރަން ޖެހޭ ރަށްތައް ފާހަގަކޮށް އަދި އަލަށް އާބާދުވާ ސަރަހައްދުތަކުގެ ގެތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ކޭބަލްތަކާއި ޑިސްޓްރިބިއުޝަން ފޮށި ކުންފުނީގެ ޚަރަދުގައި އަބަދުވެސް ދަނީ ގެނެވެމުންނެވެ. ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް ދެއަހަރު ދުވަހުގެތެރޭ މިފަދަ ހުރިހާ ރަށްތަކެއްގައި ޑިސްޓްރިބިއުޝަން ނެޓްވޯކް ބަދަލުކޮށް ރައްޔިތުންނަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދިއުމެވެ.
    • ކުންފުންޏާއި އިންޖީނުގެތައް ހަވާލުކުރެވުނު އިރު ޢާއްމު ރައްޔިތުން ދިރިއުޅޭ ޞަރަޙައްދު ތަކުގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އުނދަގުލާއި އަދި އެ އިންޖީނުގެތަކުން ބޭރުވާ ދުމުން ރައްޔިތުންނަށް ޞިއްޙީ ގޮތުން ގެއްލުންވާކަމަށް ކުންފުންޏަށް ފާހަގަ ކުރެވުމުންނާއި އަދި އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެފަރާތްތަކަށް ދާއިމީ ޙައްލެއް ގެނެސްދިނުމުގެ ބޭނުމުގައި އިންޖީނުގެތައް ރައްޔިތުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ދަނީ ހަލުއިކަމާއި އެކު ކުރެވެމުންނެވެ. މި ކުންފުނީގެ ވިސްނުމަކީ އެންމެ ބޮޑަށް މިކަން ބޭނުންވާ ރަށްތައް ފާހަގަކޮށް އެ ރަށްރަށަށް އިސްކަންދީގެން އެމަސައްކަތް އަވަހަށް ފައްޓާ މިކަމަށް ބޭނުވެފައިވާ ހުރިހާ ރަށްތަކެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންޖީނުގެ މިހާރު ހުރި ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް ނިންމުމެވެ. އަދި، މިގޮތައް ނިންމާއިރު މުޅި ރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް މުޅިން ފުރިހަމަވެގެން ދާނެއެވެ. އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ 40 ރަށެއް ފާހަގަކުރެވި 09 ރަށެއްގައި ދަނީ މަސައްކަތް ކުރެވެމުންނެވެ. މި 09 ރަށުގެ ތެރެއިން 04 އިންޖީނުގެ ނިންމާ އެތަންތަނުން ވަނީ ރައްޔިތުންނަށް ޚިދްމަތް ދޭން ފެށިފައެވެ. އަދި، އިތުރު 06 ރަށުގެ މަސައްކަތް ކުރުމަށް ބީލަން ހުޅުވާލެވިފައެވެ.
    • ލ.އަތޮޅުގެ ގަމު ސަރަހައްދު ހިމެނޭ ހަތަރު އަވަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަކީ މިކުންފުންޏަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި މައްސަލަތަކެކެވެ. އެމައްސަލަތަކަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ފާއިތުވެގެން ދިޔަ 03 އަހަރެއްހާ ދުވަހު ވަނީ ތަފާތު އެކި މަސައްކަތްތަކެއް ކުރެވިފައެވެ. މިގޮތުގެ މަތިން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ލ.ގަމަށް ޖަނަރޭޓަރާއި ޓްރާންސްފޯމަރ ފޮނުވި ލ.ގަމުގެ ދެއަވަށް ތުނޑި އަވަށާއި އަލަށް އާބާދުވާ ސަރަހައްދު މާހިންނަ އެއްވިއުގަ އަކުން ގުޅާލާ އެއް ފުރާޅެއްގެ ދަށުން ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދޭން ވަނީ 13 ސެޕްޓެމްބަރ 2014 ގައި ފަށާފައެވެ. މިކުންފުނީގެ ވިސްނުމަކީ ލ.ގަމާއި، ލ.ފޮނަދޫ އެއްވިއުގައަކުން ގުޅާލާ ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ލ.މާންދޫގައި ސެންޓްރަލް ޕަވަރ ސްޓޭޝަން (މަރުކަޒީ އިންޖީނުގެ) އަކުން ޚިދްމަތް ފޯރުކޮށްދިނުމެވެ. މިގޮތުން، މަރުކަޒީ އިންޖީނުގެއެއް އެޅުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މި ކުންފުނިންދަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއިއެކު ފަންޑު ހޯދުމަށް ވާހަކަދެކެވެމުންނެވެ.
    • މި ކުންފުނީގެ ފަރާތުން ކާމިޔާބު ކަމާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުނު ޕޮރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ބޭއްވުނު އޭ.އެފް.ސީ ޗެލެންޖްކަޕް 2014ގެ ބީ ގްރޫޕްގެ މެޗްތައް ކުޅުމަށްޓަކައި ހިތަދޫ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ލައިޓް ސިސްޓަމަށް ކަރަންޓު ފޯރު ކޮށްދިނުމުގެ ޕްރޮޖެކްޓް ފާހަގަކުރެވެއެވެ. މި ޕްރޮޖެކްޓާއި ކުންފުނިން ހަވާލުވީ މުބާރާތް ފެށެން ވަގުތު ކުޑަތަންވެފައި ވީނަމަވެސް، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ޙިއްސާއާއި އެކު އަދި މިއީ ޤައުމީ ކަމެއްގެ ކަމުގައި ދެކި މުބާރާތް ފެށެންވާއިރަށް އެ ދަނޑަށްވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިފައެވެ.
    • މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ވޯލްޑް ބޭންކްގެ އެހީގެ ދަށުން ގދ. ތިނަދޫގައި 300 ކިލޯވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ޤާއިމް ކުރެވި މިހާރު މިކުންފުނީގެ ފަރާތުން މި ނިޒާމް ބަލަހައްޓަމުންދާކަން ފާހަގަ ކުރަމެވެ. މި ނިޒާމް ގާއިމް ކުރެވުމުން ތިނަދޫ ގެ ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ޑީސަލްގެ ތެރެއިން ދުވާލަކަށް 700ލީޓަރު ޑީސަލް ސަލާމަތް ކުރެވޭކަން ރެކޯޑްތަކުން ދައްކައެވެ. މިއީ މަހެއްގެ މައްޗައް މި ކުންފުނިން ގދ. ތިނަދޫގެ ޑީސަލަށް ޚަރަދުކުރާ މިންވަރުން ގާތްގަނޑަކަށް 350000ރުފިޔާ ސަލާމަތް ކުރެވޭ ޢަދަދެކެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ވޯލްޑް ބޭންކް އާއި ދެމެދު އެއްބަސްވެގެން ހިންގުނު ޕްރޮޖެކްޓެއްގެ ތެރެއިން، ވޯލްޑް ބޭންކުގެ އެހީގެ ދަށުން އިތުރު 200 ކިލޯވޯޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ގދ. ތިނަދޫގައި ޤާއިމްކުރެވި މިކުންފުންޏާއި ވަނީ ހަވާލު ކުރެވިފައެވެ.
    • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގެ ދަށުން މި ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ 151 ރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ބެހެއްޓުމާއި، ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމާއި އަދި ކަރަންޓުވިޔުގައި އަޕްގުރޭޑް ކުރުމަށްޓަކައި 100 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި އެކު ފެށުމަށަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މަޝްރޫއުގެ ލޯން އެގްރީމަންޓްގައިވަނީ ސޮއިކުރެވިފައެވެ.

[/vc_column_text][/vc_column][/vc_row]