[vc_row][vc_column][rev_slider_vc alias=”waste-slider”][/vc_column][/vc_row][vc_row][vc_column][vc_custom_heading text=”ކުނި މެނޭޖްކުރުމުގެ ޚިދުމަތް” font_container=”tag:h2|text_align:right” use_theme_fonts=”yes”][vc_column_text el_class=”body-text”]ކަރަންޓްގެ ޚިދްމަތް ދެމުންދާ ފެންވަރަށް ކުނި މެނޭޖްކުރުމުގެ ޚިދްމަތް ޤާއިމްކުރެވިފައިވާ ނުވި ނަމަވެސް، 10 ރަށެއްގައި ކުންފުނިން ދަނީ ކުނީ މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ބައެއް ރަށްރަށުގައި ގޭބިސީތަކުން ކުނި ކޮށްޓާއި ހަމައަށް ކުނި ގެންދިއުމުގައި ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދާއިރު، އަނެއް ބައި ރަށްތަކުގައި ގޭބިސީތަކުން ކުނި ކޮށްޓާއި ހަމައަށް ކުނި ގެންދަމުންދަނީ އާއްމު ރައްޔިތުންނެވެ.

ކުނި މެނޭޖްކުރުމުގެ ޚިދްމަތް ފުޅާކުރުމަށްޓަކައި ޕްލޭންތައް އެކުލާވާލުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އަދި، ވޯރޑް ބޭންކް އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ގުޅިގެން ނ،ރ،ބ،އަދި ޅ. އަތޮޅުގެ ކުނި ނައްތާލުމަށްޓަކައި ރ.ވަންދޫގައި ޤާއިމްކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ހަވާލުވުމަށް ވާންޖެހޭ ތައްޔާރީތައް ކުންފުނިން ދަނީ ވަމުންނެވެ.[/vc_column_text][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]