ނޫސް ބަޔާން – އައްޑޫ ސިޓީގައި ހިނގައިދިޔަ ކަރަންޓުގެ ހާދިސާ އާއި ގުޅޭ
February 12, 2017
ނޫސް ބަޔާން – ރ. އަތޮޅު މަޑުއްވަރީން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއި ގުޅޭ
March 29, 2017

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިކްރިއޭޝަން ކުލަބްގެ ހިންގާ ކޮމެޓީ އިންތިޙާބް ކޮށްފި


ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިކްރިއޭޝަން ކުލަބްގެ ހިންގާ ކޮމެޓީ ކުރިއަށް އޮތް އެއްއަހަރުދުވަހަށް މިދިއަ ބުރާސްފަތިދުވަހު އިންތިޙާބް ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގައި މިދިއަ ބުރާސްފަތިދުވަހު ބޭއްވި މި އިންތިޙާބުގައި ރައީސާގެ މަޤާމަށް ހޮވާފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ އައިޝަތު ސަނީދާ އެވެ. ފިރިހެން ނައިބު ރައީސްކަމުގެ ގޮޑި ކާމިޔާބުކުރައްވާފައިވަނީ އެސިސްޓެންޓް މެނޭޖަރ ނިއުޝާދު ތައުފީޤެވެ. އަންހެން ނައިބު ރައީސާ ކަމުގެ ގޮޑި ކާމިޔާބުކުރައްވާފައިވަނީ އެސިސްޓެންޓް މެނޭޖަރ ފާތުމަތު ނަޖާއެވެ. ސެކެރެޓެރީ ޖެނަރަލް ގެ މަޤާމަށް ހޮވާފައިވަނީ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު އަޒްލީމެވެ. ޙަޒާންދާރުގެ މަޤާމް ކާމިޔާބުކުރައްވައިގެން އެމަޤާމަށް ހޮވިފައިވަނީ އޮފިސަރ އައިޝަތު ރިމާޚް އެވެ. އިންތިޒާމް ސެކެރެޓެރީއަކަށް ހޮވިފައިވަނީ ސީނިއަރ އޮފިސަރ އައިމިނަތު ޖުނާނާ އެވެ. ހިންގާ ކޮމެޓީގެ އާންމު މެންބަރުންގެ ގޮތުގައި ހޮވާފައިވަނީ ސީނިއަރ އޮފިސަރ އިބްރާހީމް ޞަލާހް އާއި މެނޭޖަރ އަޙްމަދު ޝާޒް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ މުނާ ސަލީމް  އާއި މެނޭޖަރ އާދަމް އިސްމާއީލް އާއި ސީނިއަރ އޮފިސަރ އައިމިނަތު އީމާން ނައީމެވެ. 170 މީހުން ވޯޓްލި މިވާދަވެރި އިންތިހާބު ގައި 10 މަޤާމަށް ޖުމްލަ 16 ކެނޑިޑޭޓުން ކުރިމަތިލެއްވިއެވެ. އިންތިހާބް ފެށުމުގެކުރިން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވަނީ ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާ އިންތިހާބް ވާ ކޮމެޓީގެ ބޭފުޅުން އެއް އާއިލާއެއްގެ ގޮތުގައި ފެނަކައިގެ ކުރިއެރުމަށް މަސައްކަތް ކޮށްދެއްވުމަށާއި ފެނަކަ ބްރޭންޑެއްގެ ގޮތުގައި މީހުން ބަލައިގަންނާނެ ތަނަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

Date Posted : February 20, 2017 Download

Leave a Reply

Your email address will not be published. Required fields are marked *