ނޫސް ބަޔާން – ގދ. ފިޔޯރީ ކަރަންޓުގެ ޙާލަތާ ގުޅޭ
April 23, 2017
R.Maduvvari currunt bill boduvi massala aai gulhey Noosbayaan
June 4, 2017

ފެނަކަ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި


ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި ހިމެނޭ ފަޔަރ އެންޑް ރެސްކިއު ސާރވިސްއާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން “ފަޔަރ ސޭފްޓީ ޓްރެއިނިންގ ޕްރޮގްރާމް” މިއަދު ފަށައިފިއެވެ. ފެނަކައިން މުޅި ރާއްޖޭގައި 148 އިންޖީނުގެއިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގައި ދިމާވެދާނެ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކަށް މުވައްޒަފުން އަހުލުވެރިކުރުމަށް ހިނގާ މިޓްރެއިނިންގ ޕްރޮގްރާމް އިފްތިތާޙް ކުރުން އޮތީ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކް އޮޑިޓޯރިއަމް ހޯލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ ފޮރ އެންވަޔަރަމެންޓް އެންޑް އެނާރޖީ އޮނަރަބަލް އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އަދުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ އަގަށް ހެޔޮބަދަލެއް ގެނައުމަށްޓަކައި ސީދާ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުގައި ލުއިފަސޭހަތަކެއް މުވައްޒަފުންނަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ކަރަންޓުގެ ޙިދުމަތް އިތުރަށް ރަނގަޅުކޮށް ތަރައްޤީކުރުމަށްޓަކައި އެމަނިކުފާނު ދެއްވާ ހާއްސަ އަހުމިއްޔަތު ފާހަގަ ކުރައްވާ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއާއި ފެނަކައިގެ ވެރިންގެ އިތުރުން ގިނަ މުވައްޒަފުންތަކެއްވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ. އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ފެނަކައިގައި މަސައްކަތް ކުރާ އެންމެނަށް ހާއްސަކޮށް އަތޮޅުތެރޭ މަސައްކަތް ކުރާ 1260 ޓެކްނީޝަނުންނަށް ބޭސިކް ފަޔަރ ފައިޓިންގް އުނގަންނައިދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ތަމްރީންވެފައި ތިބި މީހުން މަދުވުމަކީ ކުންފުންޏަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ކިޔަވައިދިނުން ކުރިއަށް ގެންދާގޮތަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ކޮމާންޑަރ އަބްދުﷲ ޒުހުރީވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ މަނިކްފާނުގެ ވާހަކަފުޅުގައި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެފަދަ ހާދިސާތައް މަދުކުރެވޭނީ ކަމާއި ބެހޭ ތަމްރީނާއި މައުލޫމާތު ވީހާވެސް ގިނަބަޔަކަށް ލިބިގެން ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ކުންފުނިން އިސްނެންގެވި ކަމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓްއަށާއި އަދުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރެއްވިއެވެ.

ފުރާނައިގެ ރައްކާތެރިކަމާއި ޕަވަރސްޓޭޝަންތަކުގެ ސޭފްޓީއަށް އިސްކަންދީގެން ކުރިއަށް ގެންދާ މި ސިލްސިލާ ޕްރޮގްރާމްގައި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ފެނަކައިގެ 16 ރީޖަންއަކުން 19 މުވައްޒަފުން ފުރަތަމަ ބުރުގައި ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.

Date Posted : May 17, 2017

Leave a Reply

Your email address will not be published. Required fields are marked *