[vc_row][vc_column][rev_slider_vc alias=”water-slider”][/vc_column][/vc_row][vc_row][vc_column][vc_custom_heading text=”ފެނުގެ ޚިދުމަތް” font_container=”tag:h2|text_align:right” use_theme_fonts=”yes”][vc_column_text el_class=”body-text”]ކުންފުނިން މިވަގުތު 18 ރަށަކަށް ފެނުގެ ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ. 02 ރަށެއްގައި ގޭގެއަށް ފެން ހޮޅި ގުޅައިގެން ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވެމުން ދާއިރު 16 ރަށެއްގައި މި ޚިދުމަތް ފޯރުކޮށްދެވެމުންދަނީ ކުންފުނީގައި ބެހެއްޓިފައި ހުރި ޑީސެލިނޭޝަން ޕްލާންޓް މެދުވެރިކޮށެވެ. ކުންފުނިން ފެނުގެ ޚިދުމަތްތަކާއި ގުޅިގެން ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކަކީ:

  • ޚިދުމަތަށް އެދޭ ފަރާތްތަކަށް ފެން ގުޅައިދިނުން
  • ޚިދުމަތް ލިބިދޭ ތަން ބަދަލުވުމުން ފެން މީޓަރ ބަދަލުކޮށްދިނުމުގެ ޚިދުމަތް
  • ފެން މީޓަރަށް ގުޅާފައިވާ އިސްކުރު ބަދަލުކުރުމަށް އެދޭ ކަސްޓަމަރުންނަށް ފެން އިސްކުރު ބަދަލުކޮށް ދިނުމުގެ ޚިދުމަތް
  • ސިނާއި މަސައްކަތްތައް ކުރާ ސައިޓްތަކަށް ފެން މީޓަރ އިންސްޓޯލްކޮށް ދިނުން

ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނިން މިހާތަނަށް ޙާޞިލްވެފައިވާ ލަނޑުދަނޑިތައް:

    • އައްޑޫ ސިޓީގައި 2010 ވަނަ އަހަރު ސަދަން ޔޫޓިލިޓީސް ލިމިޓެޑާއި އިނގިރޭސިވިލާތުގެ ބައިވޯޓަރ އިންޓަނޭޝަނަލް އާއި ދެމެދު އައްޑޫ ސިޓީގެ ރަށްތަކަށް (ގަން، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުމީދޫ) އަދި ފުވައްމުލަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 42 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ޤާއިމްކުރެވިފައިވެއެވެ. މިއެއްބަސްވުން ބުނާ ގޮތުން ދިވެހި ސަރުކާރުން 15 މިލިއަން ޑޮލަރު އަދި އިނގިރޭސިވިލާތުގެ ބައިވޯޓަރ ކުންފުނިން 27 މިލިއަން ޑޮލަރު މިޕްރޮޖެކްޓަށް ހަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
    • ހިތަދޫގެ މެދު ސަރައްހަދުގައި 1000 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓައި މި ޕްލާންޓު ބެހެއްޓުމަށް ބޭނުންވާ ޢިމާރާތް ވަނީ އެޅިފައެވެ. އަދި، އޭގެ އިތުރުން ހުޅުދޫގައި 500ޓަނުގެ ފެން ޕްލާންޓެއް ބަހައްޓައި، ކަމިޝަންކޮށްވަނީ ނިންމިފައެވެ. އަދި މީގެ އިތުރުން ހިތަދޫގައި ބަހައްޓަން ހަމަޖެހިފައިވާ އޯވަރހެޑް 3 ފެން ތާނގި، ހިތަދޫގެ މެދު ސަރަހައްދުގައި ވަޅުލުމަށް ހަމަޖެހިފައިވާ ގެތަކަށް ފެންފޯރުކޮށްދޭ ވިޔުގަ ގާއިމްކުރެވި ހިތަދޫ މެދު ސަރަހައްދުގެ ގެތަކަށް ފެންފޯރުކޮށްދިނުމަށްޓަކައި ގޭގެއަށް ގުޅަންޖެހޭ 1600ފެންމީޓަރުގެ ތެރެއިން 300 ގެޔަށް ބައި ވޯޓާރއިން ވަނީ ފެންމީޓަރު ގުޅާފައެވެ. އަދި، މިހާރު މިވަނީ މިކުންފުނީގެ ފަރާތުން އިތުރު 800 ގެޔަށް ފެންމީޓާރުގުޅައި ނިންމާފައެވެ.
    • މި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ހަރަދުކުރަންޖެހޭ 15 މިލިއަން ޑޮލަރު ވަނީ ހަރަދުކުރެވިފައެވެ. ނަމަވެސް، ބައިވޯޓަރގެ ފަރާތުން އިންވެސްޓްކުރުމަށް ހަމަޖެހިފައިވާ 27 މިލިއަން ޑޮލަރު އެފާރަތަށް އިންވެސްޓްކުރެވެން ނެތުމުން ޖެނުއަރީ 2012 ގައި ވަނީ ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލުތަކެއް ގެނެވި އެބަދަލުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް އެއްބަސްވެވިފައެވެ. ޕްރޮޖެކްޓް ސްކޯޕަށް ގެނުވުނު ބަދަލަކީ ފުވައްމުލަކު ގެ ފެނާއި ނަރުދަމާ ކޮންޓްރެޓް އިން އުނިކުރުމާއި އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގެ ތެރެއިން ހިތަދޫ ފިޔަވައި (ގަން، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، އަދި ހުޅުދޫ މީދޫ) ނަރުދަމާ ކޮންޓްރެކްޓުން އުނިކުރުމެވެ.
    • އަދި، ދިވެހި ސަރުކާރުން ޚަރަދުކުރަންޖެހޭ 15 މިލިއަން ޑޮލަރުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިތަދޫގެ ސެންޓްރަލް އޭރިއާ އަށް ބޭނުންވާ ފެނުގެ ޚިދްމަތް ފޯރުކޮށްދިނުމާއި މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ މަގުގައި ވަޅުލުމަށް ހަމަޖެހިފައިވާ ފެނުގެ ވިޔުގައިގެ %30 ނިންމާ މިތިން ރަށުގެ ގެތަކަށް ފެން ފޯރުކޮށްދިނުމައްޓަކައި ބޭނުންވާ އޯވަރހެޑް ޓޭންކްވަނީ ބެހެއްޓިފައެވެ. އަދި ހުޅުދޫ މީދޫގައި 500 ޓަނުގެ ފެންޕްލާންޓް ބަހައްޓައި ޕްލާންޓްގެ ޢިމާރާތް އަޅައި މި ދެރަށުގެ ގެތަކަށް ފެން ފޯރުކޮށްދިނުމައްޓަކައި ބޭނުންވާ އޯވަރހެޑްޓޭންކުގެ މަސައްކަތް ވަނީ ނިމިފައެވެ.
    • އަދި، ޕްރޮޖެކްޓްގެ ދަށުން ނުކުރެވި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިތަދޫ ފެންޕްލާންޓުން މި ތިން ރަށަށް ބޭނުންވާ ފެން ފޯރުކޮށްދިނުމައްޓަކައި ވަޅުލަންޖެހޭ 8.4 ކިލޯމީޓަރުގެ މައި ފެންހޮޅީގެ މަސައްކަތާއި މި ތިންރަށުގެ ގޭގެއަށް ގުޅަންޖެހޭ ފެންމީޓަރުތަކުގެ މަސައްކަތް އަދި، ހުޅުދޫ މީދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ގެތަކައް ފެން ފޯރުކޮށްދޭ ފެނުގެ ވިޔުގައާއި ގެތަކަށް ގުޅަންޖެހޭ ފެން މީޓަރުތަކުގެ މަސައްކަތް ހުރީ ނުނިމިއެވެ.
    • މިކުންފުންޏާއި މިނިސްޓްރީ އޮފް އެނާރޖީ އެންޑް އެންވަޔަރަމަންޓްއާއި ދެމެދު ވަނީ އައްޑޫ ސިޓީގައި ޤާއިމް ކުރަން ފެށިފައިވާ ފެނުގެ ނިޒާމް ނިންމުމުގެ މަސައްކަތައް ބޭނުންވާ ފެން ހޮޅިއާއި އެހެނިހެން ސާމާނު ހޯދުމައްޓަކައި ޖުމްލަ 39.7 މިލިއަން ރުފިޔާގެ ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ 5.3 މިލިއަން ދިވެހި ރުފިޔާގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން މަޝްރޫއަށް ބޭނުންވާ ފެން ހޮޅި އާއި އެހެނިހެން ސާމާނުތަށްވަނީ މިހާރު އައްޑޫސިޓީއަށް ފޮނުވިއެވެ.
    • ހުޅުދޫގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް 2015 ވަނަ އަހަރުގެ މެއި މަހުތެރޭގައި ފެށިގެން މަސައްކަތްދަނީ ކުރެވެމުންނެވެ. ނަމަވެސް ސަދަން ޔުޓިލިޓީސް ލިމިޓެޑާއި އިނގިރޭސިވިލާތުގެ ބައިވޯޓަރ އިންޓަނޭޝަނަލާއި ދެމެދު ވެވިފައިވާ އެއްބަސް ވުމުގެ ދަށުން ތައްޔާރުކުރެވިފައިވާ ފެނުގެ ޑިޒައިންގައި ހިތަދޫގެ އުތުރާއި ދެކުނު ހިމެނިފައިނުވާތީ މި ދެ ސަރަހައްދުގެ މަސައްކަތް މިއެއްބަސްވުމުގައި ނުހިމެނޭކަމުގައި ދަންނަވަމެވެ. އެހެން ނަމަވެސް މިކުންފުނީގެ ފަރާތުން ހިތަދޫގެ އުތުރާއި ދެކުނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރޭވިފައިވާ ޕްރޮޖެކްޓްގެ ދަށުން ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.
    • ހޫނު މޫސުމުގައި ފެނުގެ ދަތިކަން ދިމާވާ ރަށްތަކުގެ ތެރެއިން، ބ.ހިތާދޫ، ގއ. ވިލިނގިލި، ރ. އަލިފުށި، ރ. މަޑުއްވަރި، ށ. ފުނަދޫ، ލ.އިސްދޫ. ލ.ކަޅައިދޫ، ގދ.ގައްދޫ، ނ.މަނަދޫ، ނ.ވެލިދޫ އަދި ހއ.ދިއްދޫ ގައި ހުރި ފެންޕްލާންޓް މަރާމާތުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި، މިރަށްތަކުގެ ތެރެއިން ބ.ހިތާދޫ، ގއ.ވިލިނގިލި، ރ.އަލިފުށި، ރ.މަޑުއްވަރި، ލ.އިސްދޫ، ލ.ކަޅައިދޫ، ނ.މަނަދޫ އަދި ހއ.ދިއްދޫގެ ފެން ޕްލާންޓްތައް ވަނީ މަރާމާތުކޮށްނިމި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދޭން ފަށާފައެވެ.
    • އަދި، ނުނިމި ހުރި ރަށްތަކުގެ ހާލަތު ދިރާސާކޮށް އެރަށްތަކުގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓްތަކަށް ބޭނުންވާ ސާމާނު ގަތުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މި ޕްރޮޖެކްޓަށް މި ކުންފުނިން ގާތްގަނޑަކަށް 9 ލައްކަ ރުފިޔާ ޚަރަދުކުރެވިގެންދާނެއެވެ.

ގދ. ތިނަދޫ ގައި ޤާއިމް ކުރެވިފައިވާ ފެނުގެ ނިޒާމް މަސައްކަތް ނިންމާ ރައްޔިތުންނަށް ސާފު ބޯފެން 9 މެއި 2012 ވަނަ ދުވަހު ވަނީ ދޫކުރެވިފައެވެ. އަދި ތިނަދޫގައި އަލަށް އާބާދުވެފައިވާ ސަރަޙައްދަށް ފެނުގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ ހޮޅިއާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.[/vc_column_text][/vc_column][/vc_row]